މިއަހަރު ނިމުމުގެ ކުރިން އިތުރު 11 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އަލުން ހުޅުވާލި ފަހުން މިހާތަނަށް 15 އެއާލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އަދި މިމަހާއި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އިތުރު 11 އެއާލައިނެއްގެ ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޔުކްރެއިން އިންޓަނޭޝަނަލް އެއާލައިން (ޔޫއައިއޭ)، އަޒުރް އެއާ ޔުކްރެއިން، ނޯޑްވިންޑް، އަޒުރް އެއާ ރަޝިއާ، އެއާ ސީޝެލްސް، އެއާ އޭޝިއާ، އަލިޓާލިއާ، އެއާ ފްރާންސް، ކޮރެއަން އެއާ، ނިއޯސް ސްޕާ އަދި ގަލްފު އެއާ އެވެ.
މި އެއާލައިންތަކުގެ ތެރެއިން ގަލްފު އެއާގެ ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. އަދި އާ އަހަރާ ދިމާކޮށް ސީޝެލްސްގެ ދަތުރުތައް ބާއްވާނީ ޑިސެމްބަރު ހަތަރަކުން އަންނަ ޖަނަވަރީ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށެވެ.
މިހާރު ރާއްޖެއަށް ދަތުރު ކުރަމުން އަންނަ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ ބްރިޓިޝް އެއާވޭސް، އެޑެލްވެއިސް، ލުފްތަންސާ، އޮސްޓްރިއަން އެއާލައިންސް، ޓާކިސް އެއާލައިންސް، ގަތަރު އެއާވޭސް، ފްލައި ދުބާއީ، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ގޯއެއާ، އިންޑިގޯ، އެއާ އިންޑިއާ، ސްރީލަންކަން އެއާލައިންސްގެ އިތުރުން އޭރޯފްލޮޓް އަދި ސްޕައިސް ޖެޓް ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު