ކޮވިޑަށް ފަރުވާއެއް ހޯދެންދެން ގައުމު ލޮކްޑައުން ކޮށްގެން ނުތިބެވޭނެ ކަމަށް ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.
ލަންކާގައި ތައާރަފުކުރި "ސްޓޭ ސޭފް" ޑިޖިޓަލް ޕްލެޓްފޯމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރާޖަޕަކްސަ ވަނީ ލަންކާގެ އާންމު ރައްޔިތުން މިހާރު ތައްޔާރު ވާންވީ ސިއްހީ ގަވައިދުތަކަށް ބޯލަނބައި ގައުމު އާންމު ހާލަތަށް ގެނައުމަށް ކަމަށް ވިދާޅުވެފައެވެ.
ލަންކާގައި ތައާރަފުކޮށްފައިވާ "ސްޓޭ ސޭފް"ޑިޖިޓަލް ޕްލެޓްފޯމަކީ ކިއުއާރް ކޯޑެއް ބޭނުންކޮށްގެން ކުންފުނިތަކުން އެކުންފުނި ހިމެނޭ ސަރަހައްދަށް ވަންނަ މީހުންގެ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ ޕްލެޓްފޯމެކެވެ.
ލަންކާގެ ކޮވިޑްގެ ހާލަތަށް ބަލާއިރު އެގައުމުން މިހާތަނަށް 12187 ކޭސް ފެނިފައި ވެއެވެ. ބަލިޖެހިގެން މަރުވި މީހުންގެ އަދަދު 24 އަށް އަރާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ