އިންޑިއާއިން އުފައްދާ ކޮވިޑް ވެކްސިން އަންނަ އަހަރުގެ ފެބުރުއަރީ މަހު އާއްމުކޮށް ބޭނުންކުރަން ފެށޭ ވަރު ވާނެ ކަމަށް ލަފާކޮށްފި އެވެ.
އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެގައުމުގެ ބާރަތު ބަޔޯޓެކް އިން އުފައްދާފައިވާ ކޮވިޑް ވެކްސިން "ކޮވަކްސިން" ބޭނުންކުރާން ފެށޭވަރު ވާނެ ކުރުމަށް މީގެ ކުރިން އަންދާޒާ ކޮށްފައި އޮތީ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގަ އެވެ. އެއީ މޭ މަހުގެ ފަހުންނެވެ. އެހެން ކަމުން މި ވެކްސިން ތައާރަފުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކޮށްފައި މި ވަނީ ލަފާކުރި ވަރަށްވުރެ ބޮޑުތަނުން އަވަހަށެވެ.
"ކޮވަކްސިން"ގެ އެންމެ ފަހުގެ ޓެސްޓުތައް މިމަސްތެރޭ ފެށޭނެ ކަމަށް ބުނެފައިވާ އިރު، ވެކްސިންގެ ރައްކާތެރިކަމާއި އޭގެ ޔަގީންކަން ވަނީ ކަށަވަރުވެފައި ކަމަށް ވެސް ޓެސްޓުތަކުގައި ހަރަކާތްތެރިވާ އެގައުމުގެ ސައިންސުވެރިން ވަނީ ބުނެފައެވެ.
އިންޑިއާގެ އިސް ސައިންޓިސްޓަކު އަދި ކޮވިޑް ޓާސްކުފޯހުގެ މެންބަރަކު ވަނީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗް މަހުގައި ވެކްސިން އާއްމުކޮށް ބޭނުންކުރަން ފެށޭވަރު ވާނެކަމަށް ވިދާޅުވެފަ އެވެ.
"ފެބުރުއަރީގައި ބޭނުންކުރަން ފެށޭނެ ކަމަށް ލަފާ މި ކުރެވެނީ. ހަމަގައިމުވެސް މާޗާ ހިސާބުގައި ބޭނުން ކުރެވޭ ވަރު ވާނެ." ސައިންޓިސްޓް ވިދާޅުވެފައި ވެއެވެ.
"ކޮވަކްސިން" އަކީ އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗް އާއި އެގައުމުގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ބާރަތު ބަޔޯޓެކް ގުޅިގެން އުފައްދާ ވެކްސިން އެކެވެ. ފެބުރުއަރީ ގައި ނުވަތަ މާޗުގައި މި ވެކްސިން ބޭނުންކުރާން ފެށިއްޖެ ނަމަ މި ވެކްސިން ވެގެން ދާނީ އިންޑިއާގައި ތައާރަފު ކުރާ އެންމެ ފުރަތަމަ ކޮވިޑް ވެކްސިން އަށެވެ.
ވެކްސިން
ވެކްސިން
ވެކްސިން