އެމެރިކާ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށައިފިއެވެ. މަގުތަކަށް ނުކުމެ މުޒާހަރާކުރަމުން އަންނަ މީހުންގެ ތެރޭގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އަށް ތާއީދު ކުރާ މީހުންވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އިންތިހާބުގެ ނަތީޖާ ފައިނަލްވުމާ ގާތް ވެފައި ވަނިކޮށް މުޒާހަރާ ކުރާ ފަރާތްތަކުން ދަނީ އެމެރިކާގެ ބޮޑެތި ސިޓީތަކުގެ މަގުމަތީގައި ޝުއޫރު ފާޅުކުރަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވޯޓު ހުއްޓުވުމަށް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވާއިރު އެގައުމުގެ ގިނަ ރައްޔިތުންތަކެއް ވަނީ ވޯޓު ހުއްޓުވިގެން ނުވާނެ ކަމަށް ބުނެ މަގުތަކަށް ނިކުމެފައެވެ.
އެމެރިކާގެ މިނެޕޮލިސްގެ އިތުރުން ނިއުޔޯކް ގައި ކުރަމުން ދާ މުޒާހަރާ ހޫނުވެ ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިނެޕޮލިސްގެ 200 އެއްހާ މީހުން ދަނީ އެސިޓީގެ މަގުތައް ބަންދުކޮށް މުޒާހަރާ ފުޅާކޮށް ހަމަނުޖެހުން ހިންގަމުންކަމަށް ވެސް މީޑިއާއިން ރިޕޯޓު ކުރެއެވެެ.
ޓްރަމްޕް ވޯޓު ގުނުން ހުއްޓުވުމަށް ހުށަހެޅުއްވުމުން އެކަމާ އެއްކޮޅަށްވެސް ބައެއް ސިޓީތަކުގައި މުޒާހަރާ ކުރަމުން އެބަދެއެވެ. އެގޮތުން ވޯޓުގުނާ ސެންޓަރުތައް ކައިރީގައި ގިނަ ބަޔަކު ގެންދަނީ ވޯޓު ގުނުން ހުއްޓުވުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ