ލ. މާވަށު ބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ ކަމަށް އެ މަޝްރޫއުގެ ސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނީން ބުނެފައިވާ ގޮތުގައި މި ބަނދަރުގެ 72 ޕަސެންޓުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ 27.3 މިލިއަން ރުފިޔާއަށް ހަވާލުކުރި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ މާވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރު ތޮށި ލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ މަސައްކަތުގެ ވެސް 57 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ މަސައްކަތުގެ ތެރޭގައި 26،885 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 110 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމުގެ އިތުރުން ރޭމްޕް އެޅުމާއި މޫރިންގް ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ