ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ކުރިއަށްގެންދާ ޖަލްސާގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނަސްރުގެ ދުވަހާ ގުޅުވައިގެން މިރޭ އިދިކޮޅުން "ބަޑި ބުރާސްފަތި" ނަމުގައި ކުރިއަށްގެންދާ ޖަލްސާގެ ތެރެއިންނެވެ.
އެ ޖަލްސާއަކީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ބާއްވަމުންދާ ހަރަކާތެއް ކަމަށް ބުނެ ފުލުހުން ވަނީ އެ ޖަލްސާ ހުއްޓައިލުމަށް އެދިފައެވެ. ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ހަރަކާތާ ގުޅޭގޮތުން ފުލުހުންނާ މަޝްވަރާތަކެއް ކުރި ފަހުންނެވެ.
ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ނުބޭއްވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ވަނިކޮށް، އެއްވުން ކުރިއަށްގެންދާތީ ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ސުޖާއު ފުލުހުންގެ ވެހިކަލަށް އަރުވާފައިވާ އިރު، ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު