ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފިލްމީ ތަރި މުހައްމަދު ޔުނާންއާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ކުރުމަށް، އަދި އޭނާގެ އަނބީހާ ރިހުލާގެ މައްޗަށް ފަސް ދައުވާކޮށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
ކުޑަ ފިރިހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޔުނާންގެ މައްޗަށް ކުރާ ދައުވާތަކަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކާ ހިންގާ މަންޒަރު އެ ކުއްޖާއަަށް ދެއްކުމުގެ ދެ ދައުވާއަކާއި އެ ކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ ދެ ދައުވާއަކާއި އާއިލާގެ މެންބަރަކު އެ އާއިލާ ކުޑަކުއްޖަަކާއެކު ޖިންސީ އަލަމެއް ހިންގުމާއި އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއަކާއި އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.
މި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ޔުނާންގެ މައްޗަށް އެންމެ މަދުވެގެން 110 ނުވަތަ ގިނަވެގެން 133 އަހަރުގެ ޖަލު ހުކުމެއް ކުރާނެއެވެ.
ރިހުލާގެ މައްޗަށް ކުރަނީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއަކާއި އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާއެވެ.
ރިހުލާއަށް ކުރި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެންމެ މަދުވެގެން އޭނާގެ މައްޗަށް 50 އަހަރު އަދި ގިނަވެގެން 61 އަހަރުގެ ޖަލު ހުކުމެއް ކުރާނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު