ދ. ހުޅުދެލި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެ ގޮތުން މި މަޝްރޫއުގެ 23 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކުންފުނީން ބުނެ އެވެ.
އެމްޓީސީސީން މި ޕްރޮޖެކްޓުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހު އެވެ. އެގޮތުން މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ހުޅުދެލި ފަޅު ފުން ކުރުމުގެ މަސައްކަތުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނީން މައުލޫމާތު ދެއެވެ.
މި މަޝްރޫއުގެ ދަށުން 45،585 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތް އަދި 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. 277 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތާއި، 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ހުޅުދެލި ބަނދަރު ސަރަހައްދުގައި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް އަދި 2،160 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ