ޑަބްލިއުއެޗްއޯގެ ޗީފް، ޓްޑްރޮސް އަދަނޮމް ކަރަންޓީނު ކޮށްފިއެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ މައި ޖަމިއްޔާ "ޑަބްލިއުއެޗްއޯ"ގެ ޗީފް ޓެޑްރޮސް އަދަނޮމް ކަރަންޓީނު ކޮށްފައިވަނީ ކޮންޓެކްޓް ވެފައިވާ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

ޓެޑްރޮސް ވަނީ މިކަން ކަށަވަރުކޮށްދެއްވައި ޓުވީޓެއް ކުރައްވައިފައެވެ.

ޓެޑްރޮސްގެ ޓުވީޓުގައި ވިދާޅުވީ ހާލު ރަނގަޅުކަމަށާއި ހަށިގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށެވެ. އަދި ޑަބްލިއުއެޗްއޯގެ ޕްރޮޓޮކޯލްގައި އޮންނަ ފަދައިން ސެލްފް ކަރަންޓީނުވެވަޑައިގެން ގެއިން މަސައްކަތް ކުރަން ފަށްޓަވާފައިވާ ކަމަށްވެސް ޓުވީޓުގައި ވިދާޅުވި އެވެ.

އަދަނޮމް ވަނީ މިދަނޑިވަޅުގައި ހުރިހާ ފަރާތްތަކުން ވެސް ގައިޑްލައިންތަކަށް ރަނގަޅަށް ބޯލަނބައި ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.