އެމްޑީޕީގެ މިސްރާބަށް ހުރަސްއަޅާ ބަޔަކު ސަރުކާރުގައި އެބަތިބި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު، އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިހެން ވިދާޅުވީ، ރާއްޖޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާގެ ކާރަށް ތަކުރާރުކޮށް ގެއްލުންދީ އައިންތުއަށް ފުރައްސާރަކުރަމުންދާތީ އެކަން ކަމާ ބެހޭ މުއައްސާސަތަކުގެ ސަމާލުކަމަށް ގެނައުމަށް އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އަލީ އާޒިމް ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ފެންނަގޮތަށް މި ގައުމު ކުރިއަރައިދާން އޮތީ އަންހެނުންގެ ކުރިއެރުމާއި، އެމީހުންގެ ހިއްސާއާއެކުގައި ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ.

ކަން އެހެންއޮތްނަމަވެސް، އަންހެނުންނަށް ކުރާ ޖެއްސުމާއި ފުރައްސާރަ އާއި ފޮށުމާއި ކަންކަމަކީ އެންމެން އެކުވެގެން ނިމުމަކަށް ގެންނަން ޖެހިފައިވާ ކަމަށެވެ.

އަންހެނުންނަކީ މުޅޯއްޓަކަށް ލާފައި އިން ކުކުޅެއްގެ ގޮތުގައި ދެކިގެން ގައުމެއް ކުރިއަަރައެއް ނުދާނެ 50 ޕަސެންޓް މީހުންގެ ބައިވެރިވުމާއިނުލައި ނުލައި ކުރިއަށް ދެވިދާނެކަމަށް ދެކޭނަމަ އެއީ ވިސްނުމުގައި ހުރި މައްސަލައެއް،" އާޒިމް ވިދާޅުވިއެވެ.

ފުލުހުންނަށް ފާޑު ވިދާޅުވަމުން އަލީ އާޒިމް ވިދާޅުވީ، ޓު ޕްރޮޓެކްޓް އެންޑް ސާވް ލޯގޯ ބޭނުންކޮށްގެން ތިބި ފަރާތްތަކާ ސުވާލުކުރަންޖެހޭ ކަމަށާއި، ޕްރޮޓެކްތްކޮށް ރައްޔިތުންނަށް ސާވް ކޮށްދެވޭތަން ނުފެންނަ ކަމަށެވެ.

އަލީ އާޒިމް ވިދާޅުވީ، ކުރިއަށްގޮތް ތިން އަހަރަކީ އެމްޑީޕީއާދޭތެރޭ ރައްޔިތުން ބޮޑެތި އުއްމީދުތަކެއްކުރާ އިން އަހަރު ކަމަށެވެ. އެއީ އެމްޑީޕީއަށް ވޯޓުދިން ރައްޔިތުން ކަމަށާއި، ނަމަވެސް އެ އުއްމީދުތަކަށް، އެމްޑީޕީގެ މިސްރާބު ޖަހާފައިވާ ވަގުތުވެސް ސަރުކާރުގައި ތިބި ބަޔަލު އެކަމަށް ހުރަސް އަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރު ކޯލީޝަންގެ ތެރޭގައި ހިމެނޭ އެކަން ޕާޓީތަކަށް އެކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރައްވަމުން އަލީ އާޒިމް ވިދާޅުވީ، މިއީ ކޯލީޝަން ސަރުކާރަކަށް ވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.