އިންޑިއާގެ ބާރަތު ބަޔޯޓެކްގެ ކޮވިޑް ވެކްސިން އަންނަ އަހަރު ތައާރަފުކުރުމަށް އެކުންފުނިން ނިންމައިފިއެވެ.
ބާރަތު ބަޔޯޓެކްއިން ވަނީ ކޮވިޑް ވެކްސިން "ކޯވެކްސިން" ހުއްދަ ލިބުމާއެކު އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ވެކްސިން ތައާރަފުކޮށް އާންމުންނަށް ދެވޭވަރުވާނެ ކަމަށް ބުނެފައެެވެ.
ބާރަތު ބަޔޯޓެކްއިން ވަނީ އެކުންފުނިން މިހާރު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަނީ ވެކްސިން ޓެސްޓުތަކުގެ ތިންވަނަ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލުމުގެ މަސައްކަތްކަމަށް ބުނެފައެވެ.
ބާރާތް ބަޔޯޓެކް ކުންފުނިން ނިންމާފައިވަނީ މި ވެކްސިން ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް ގަނޑުކޮށް ވިއްކުމަށެވެ. ބޭރުގެ ގައުމުތަކާއެކު ވެކްސިން ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށްވެސް ބާރަތު ބަޔޯޓެކްއިން ބުނެފައި ވެއެވެ.
ބާރަތު ބަޔޯޓެކްގެ "ކޯވެކްސިން" އަކީ އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗް އާއި ގުޅިގެން އުފައްދާ ވެކްސިން އެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ