ޔޫކޭގެ ކޮވިޑް ވެކްސިން އެސްޓްރާޒެނެކާ އަށް ހުއްދަދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އިނގިރޭސިވިލާތުން ވަނީ އެގައުމުން އުފައްދާ ކޮވިޑް ވެކްސިން އެސްޓްރާޒެނެކާ އަށް ހުއްދަދިނުމުގެ މަރުހަލާތައް އަވަސްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ.

ޔޫކޭގެ މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ އިން ވަނީ އެސްޓްރާޒެނެކާގެ ހާލަތު ބަލައި ހުއްދަ ދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެސްޓްރާޒެނެކާ އަށް ހުއްދަދިނުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން އޮފިޝަލުންނަށް ވަގުތުން ވަގުތަށް ޓެސްޓުތަކުގެ ޑޭޓާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކުގެ އިތުރުން ވެކްސިން މެނުފެކްޗާ ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ލިބޭ ގޮތް ވަނީ ހަދައިފައެވެ.

ޔޫކޭގެ އެސްޓްރާޒެނެކާގެ ޓެސްޓުތަކުގެ ފަހުގެ މަރުހަލާ ކުރިޔަށް ދާއިރު މިހާތަނަށް ކުރި ތަހުލީލުތަކުގެ ނަތީޖާ ވަަރަށް ކާމިޔާބު ކަމަށް އޮފިޝަލުން ބުނެއެވެ.