ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 69 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 69 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 10،883 އަށް އަރާފައިވާ ކަމަށެވެ.
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 42 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ދިވެއްސަކާއި 23 ބިދޭސީންނެވެ.
މިއަދު މާލެ ސަރަހައްދުން 20 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އަތޮޅުތެރެއިން 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަތޮޅުތެރެއިން ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި 17 މީހަކު ހިމެނެއެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރާ މީހަކު ކޮވިޑް ޖެހިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ މަރުވުމާއެކު އެ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިންނެވެ.
މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 11،701 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 243 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 51 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 38 މީހަކު ވަނީ މަރުވެފައެވެ. އެއީ 32 ދިވެއްސަކާއި ބަންގުލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު