މެދުތެރޭ ޔޫރަޕްގެ ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅު އަޅާފައިވާއިރު މިހާތަނަށް ގިނަ ގައުމުތަކަކަށް ރެކޯޑް ކުރެވިފައި ނުވާ ވަރަށް ކޭސްތައް ދަނީ އިތުރުވަމުންނެވެ.
މެދުތެރޭ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޕޮލެންޑުން އިއްޔެ އެކަނިވެސް ވަނީ 21،897 ކޭސް ފެނިފައެވެ.
ހަންގޭރީ އިން ވަނީ އެއްދުވަސްތެރޭ އެއްމެ ގިނަ މީހުން ޕޮޒިޓިވް ވި ދުވަސްކަމުގައި އިއްޔެ ވެފައެވެ. އެގައުމުން 3908 ކޭސް ފެނިފައި ވެއެވެ.
ޕޮލެންޑުން ވަނީ ކޭސްތައް އިތުރުވެ ހޮސްޕިޓަލުތަކަށް ނުތަކާ ވަރު ވެފައެވެ. އެގައުމުގެ ހޮސްޕިޓާތަކުގެ 16.144 އެނދު ފުރިފައިވާއިރު ވެންޓިލޭޓަރުގައި 1305 މީހުންނަށް ފަރުވާދެމުނަ އަންނަ ކަމަށް ވަނީ ބުނެފައެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ސްލޮވޭކިޔާއިން ވަނީ އެގައުމުގެ 10 އަހަރުން މަތީ ހުރިހާ ރައްޔިތުން ކޮވިޑަށް ޓެސްޓު ކުރުމަށް ނިންމައިފައެވެ. މި ހަރަކާތުގައި އެގައުމުގެ ހަތަރު މިލިއަން މީހުން ދެހަފްތާތެރޭ ޓެސްޓުކޮށް ނިންމުމަށް އަޒުމް ކަނޑައަޅާފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ