ރ. އުނގޫފާރުގެ މޮނީޓަރިންގެ ހާލަތު އުވާލައި، އެރަށް އާންމު ހާލަތަށް ގެނެސްފި އެވެ.
އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ހޯމަ ދުވަހު އެރަށުން ނެގި ރެންޑަމް ސާމްޕަލް އަކުން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނަމަވެސް އޭނާގެ ސާމްޕަލް އިތުރަށް ޓެސްޓު ކުރުމުން، ކޮވިޑަށް ނެގެޓިވް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އުނގޫފާރު އާންމު ހާލަތަށް ގެނައީ މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.
އުނގޫފާރު އާންމު ހާލަތަށް ގެނެސްފައިވާއިރު، އެ އަތޮޅު ކުޑަކުރަތުން 63 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ކުޑަކުރަތުން ބަލީގެ އަލާމާތްތައް ހުރި މީހުން ފެނިގެން މިދިޔަ ހަފްތާ ތެރޭ އެރަށުން ޖުމްލަ 89 ސާމްޕަލް ވަނީ ނަގައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު