މެލޭޝިއާގެ ޑިސްޓްރިކްޓެއް ކޮވިޑްގެ ރެޑް ޒޯނެއްގެގޮތުގައި ކަނޑައަޅައިފިއެވެ.

މެލޭޝިއާގެ ޖޮހޯރް ސްޓޭޓްގެ ޖޮހޯރް ޑިސްޓްރިކްޓަކީ ކޮވިޑްގެ ރެޑް ޒޯނެއް ކަމަށް ކަނޑައަޅާފައިވަނީ އެސިޓީގެ ހެލްތު އެންޑް އެންވަޔަރަމަންޓް ކޮމިޓީންނެވެ.

ޖޮހޯރް ހެލްތު އެންޑް އެންވަޔަރަމަންޓް ކޮމިޓީގެ ޗެއާމަން ނެރުއްވާފައިވާ ސްޓޭޓްމަންޓެއްގައި ވާގޮތުން މެލޭޝިއާގައި ކޮވިޑް އެންމެ ހަލުވިމިނެއްގައި ފެތުރެމުންދަނީ އެ ސަރަހައްދުގަ އެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީގެ މިންގަނޑުތަކުން ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައަޅަނީ އެއްތަނަކުން ކޮވިޑްގެ 41 ކޭހަށްވުރެ ގިނަ ކޭސް މަދުވެގެން ދެހަފްތާތެރޭ ފެނިއްޖެ ހިނދެއްގައެވެ. 40 ކޭހަށްވުރެ މަދުން ފެނިއްޖެ ނަމަ އެތަނެއް ޔެލޯ ޒޯންގެ ގޮތުގައި ކަނޑައަޅައެވެ.

ޖޮހޯރް އިން މިހާތަނަށް 897 ކޭސް ފެނިފައިވާއިރު 21 މީހަކު ބަލިޖެހިގެން މަރުވެފައި ވެއެވެ. މެލޭޝިއާއިން މިހާތަނަށް 30،889 ކޮވިޑް ކޭސް ފެނިފައިވާއިރު އެގައުމުން 249 މީހުން ބަލިޖެހިގެން މަރުވެފައި ވެއެވެ.