ކޮވިޑް ކޭސްތައް އިތުރުވުމާއެކު ކޮލަމްބޯ ލޮކްޑައުން ކޮށްފިއެވެ.
ސްރީލަންކާގެ ކޮވިޑުގެ ހާލަތު ގޯސްވެ އެގައުމުން ފެންނަމުންދާ ކޭސްތައް އިތުރުވާން ފެށުމާއެކު ސަރުކާރުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ލަންކާގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާންކޮށްފައިވާ އިރު، ގިނަ ދިވެހިން ދިރިއުޅޭ ކޮލަމްބޯ ސިޓީ ވެސް ލޮކްޑައުން ކުރުމަށް އެގައުމުން ވަނީ ނިންމައިފައެވެ.
5.5 މިލިއަން މީހުން ދިރިއުޅޭ ކޮލަމްބޯ ލޮކްޑައުން ކޮށްފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. އަދި ކޮވިޑުގެ ހާލަތަށް ބަލައި ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ޖެހިދާނެ ކަމަށް ވަނީ އަންގައިފައެވެ.
ލަންކާއިން މިހާތަނަށް 9791 ކޮވިޑް ކޭސް ފެނިފައިވާ އިރު، މި ބަލީގައި އެގައުމުން 19 މީހަކު ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ