ރަޝިޔާގެ ކޮވިޑް ވެކްސިން ވަރަށް ކާމިޔާބުކަމަށާއި މިއަހަރު ފަހުކޮޅު ގިނަބަޔަކަށް ވެކްސިން ދޭން ފަށާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ އިންވެސްޓާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޕޫޓިން ވަނީ ރަޝިޔާ އިން އެގައުމުގެ ވެކްސިން އެހެން ގައުމުތަކުގައި ވެސް އުފެއްދުމަށް ތައްޔާރަށް ތިބިކަމަށް ވިދާޅުވެފައެވެ.
ރަޝިޔާގައި ކޮވިޑްގެ ހާލަތު ގޯސްވެފައި ވީނަމަވެސް ޕޫޓިން ވަނީ އެގައުމު އިތުރަށް ލޮކްޑައުން އަކަށް ގެންދިއުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ޕޫޓިވް ވިދާޅުވީ މިހާރު އަމަލު ކުރަން ޖެހޭ ހުރިހާ ގޮތްތަކެއް ވަރަށް ސާފު ކަމަށާއި އަލުން މުޅި ގައުމު ލޮކްޑައުން ކޮށް ގައުމުގެ އިގްތިސޯދަށް ގެއްލުން ވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ރަޝިޔާ އިން ވަނީ ދުނިޔޭގެ ފުރަތަމަ ކޮވިޑް ވެކްސިން ސްޕުޓްނިކް ވީ ދައްކައިލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ