ސަނޯފީ އާއި ޖީއެސްކޭ ގުޅިގެން ޑަބްލިއުއެޗްއޯގެ ވެކްސިން ޕްރޮގްރާމަށް 200 މިލިއަން ޑޯޒް ވެކްސިން ދޭން ނިންމައިފިއެވެ.
ޔޫރަޕްގެ އެންމެ ބޮޑު ފާމަސޫޓިކަލް ކުންފުނި ސަނޯފީ އާއި ގްލަކްސޯސްމިތުކްލިން ގުޅިގެން އުފައްދާ ކޮވިޑް ވެކްސިން ޑަބްލިއުއެޗްއޯގެ ޕްރޮގްރާމްގެ ތެރެއިން ދިނުމަށް ނިންމާފައިވަނީ އެކުންފުނީގެ ވެކްސިން ހަމަ ހަމަ ގޮތަކަށް ދުނިޔެއަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
ޑަބްލިއުއެޗްއޯގެ ވެކްސިން ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ގައުމުތަކުގައި ދިރިއުޅޭ ހައިރިސްކު މީހުންނަށެވެ. މިޕްރޮގްރާމްގައި ގިނަ އަދަދެއްގެ ގައުމުތަކަކުން ވަނީ ބައިވެރިވެފައެވެ.
ޑަބްލިއުއެޗްއޯގެ ޕްރޮގްރާމުގެ ދަށުން ދެ ބިިލިއަން ޑޯސް ވެކްސިން އަންނަ އަހަރު ނިމުމުގެ ކުރިން ދިނުމަށް ހަމަޖެހިފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ