ހެންވޭރު ގެއެއްގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ތެރޭ ބިދޭސީއަކު މަރުވެފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:49 ހާއިރު ކަމަށެވެ.

އެގޮތުން މަރުވެފައިވާ ބިދޭސީ މީހާއަކީ 40 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މީހާއަކީ ބަންގްލަދޭޝް މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އިތުރު މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެއެވެ. އަދި މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.