ޗައިނާގެ ޒިންޖިއާންގް ގައި ކޮވިޑް ކޭހެއް ފެނި އެސިޓީގެ ފަސް މިލިއަން މީހުން ޓެސްޓުކުރަން ނިންމައިފިއެވެ.

ޒިންޖިއާންގް އިން ޕޮޒިޓިވް ވީ ބަލީގެ އެއްވެސް އަލާމާތެެއް ނެތް މީހެކެވެ. ޒިިންޖިއާންގްގެ ބައެއް ސަރަހައްދުތައް ލޮކްޑައުން ކުރުމަށްވެސް ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާއިން ބުނެފައި ވެއެވެ.

ޓެސްޓު ކުރި މީހުންގެ ތެރެއިން މިހާތަނަށް 137 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު ސަރުކާރުންވަނީ 4.7 މިލިއަން މީހުންގެ ސާމްޕަލް ނަގައި މިއަދު ޓެސްޓު ކުރުމަށް ނިންމައިފައެވެ.

މާޗް މަހުން ފެށިގެން ޗައިނާގައި ކޮވިޑް ކޮންޓްރޯލްވެފައި ވަނިކޮށް މިހާ ގިނަ ކޭސް ފެންނަން ފެށުމުން އެގައުމުގައި ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ.