ހުޅުމާލެ ފޭސް 2 އިން 72 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވްވި އެ މީހުންނަކީ ހުޅުމާލެ ފޭސް 2 ގައި ބިދޭސީ މަސައްކަތްތެރިން އުޅޭ ތަނެއްގައި ތިބި މީހުން ކަމަށެވެ.
"ހުޅުމާލެ ފޭސް 2 ގައި ބިދޭސީން މަސައްކަތްތެރިން ތިބި ތަނެއްގައި މިވަގުތު 72 ކޭސް އެބަހުރި. މިއީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ފެނުނު ކޭސްތަކެއް. މި ތަން މިހާރު މިވަނީ. ކޮންޓެއިން ކުރެވިފައި، އެމީހުންގެ އެކޮމޮޑޭޝަން،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެތަނުން މިދިޔަ ބުދަ ދުވަހު ނެގި 60 ރެންޑަމް ސާމްޕަލުން 32 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އިއްޔެ ނެގި ސާމްޕަލްތަކުން ހަތަރު މީހަކު އަދި މިއަދު ނެގި ސާމްޕަލްތަކުން ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު