ލ. ކައްދޫއިން ޕޮޒިޓިވްވި ސިފައިންގެ ތެރެއިން 55 މީހަކު ބަލިން ފަސޭހަވެއްޖެއެވެ.
އެޗްޕީއޭގެ ޕޯޓަލްއިން ދައްކާ ގޮތުގައި، އެ ކްލަސްޓާއިން ޖުމްލަ 62 މީހަކު ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެ ކްލަސްޓާއިން މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ހަތް މީހެކެވެ.
ޕޯޓަލްއިން ދައްކާ ގޮތުގައި މިއަދުވެސް އެ ކްލަސްޓާއިން 26 މީހަކު ބަލިން ފަސޭހަވެފައިވެއެވެ.
ކައްދޫގައި ޓްރޭނިންގައި ތިބި ސިފައިންގެ ތެރެއިން ބަޔަކު ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވްވީ 25 މީހެކެވެ. އަދި މިމަހުގެ އަށްވަނަ ދުވަހު އިތުރު 24 ސިފައިންގެ މީހަކު ޕޮޒިޓިވްވިއެވެ. އޭގެ އިތުރުންވެސް އެ ކްލަސްޓާއިން 13 މީހަކު ޕޮޒިޓިވްވިއެވެ.
ކައްދޫގެ އިތުރުން ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދާ ގިރިފުށިން ވެސް މީގެ ކުރިން ގިނަ އަދަދެއްގެ ސިފައިން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެ އެންމެންވެސް މިހާރު ވަނީ ބަލިން ފަސޭހަވެފައެވެ.
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް