ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް 1.7 ބިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ވެރިކަމުގައި ހުންނެވި އަހަރުތައް ނުހިމަނައި، ކުރީގަ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސް ޔާމީންގެ ވެރިކަމުގައި، 2012 ވަނަ އަހަރުން، 2018 ވަނަ އަހަރާ ދެމެދު ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، ދަރަނި ބަލަހައްޓާފައި ވަނީ ގާނޫނާ އެއްގޮތަށްތޯ މުޅި މަޖިލީހުގެ ކޮމިޓީން ބެލުމަށްފަހު އެ ކޮމިޓީން އެކުލަވައިލި ރިޕޯޓަށް ބަހުސް ހުޅުވައިލައްވައި، ކޮމިޓީގެ މުގައްރިރުގެ ގޮތުގަިއ ވާހަކަ ދައްކަވަމުން، މަޖިލިސް ރައީސް ވިދާޅުވީ، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާހުރި ބިލު ތައް 5.4 ބިލިޔަން ރުފިޔާ އަށް އަރާ ކަމަށެވެ.
އެހެން ނަމަވެސް އޭގެ ތެރެއި 995 މިލިޔަން ރުފިޔާއަކީ ސަރުކާރަށް ދައްކަންޖެހޭ ފައިސާ ކަމަށާއި، ސަރުކާރު ހިއްސާވާއެއް ކުންފުނިން އަނެއް ކުންފުންޏަށް ދައްކަންޖެހެނީ 2.6 ބިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރު ކުންފުނިތަކާއި ސަރުކާރުންނުދައްކާ ހުރި ބިލްތަގެ ޖުމްލަ 5.4 ބިލިޔަން ރުފިޔާއަށް އަރާ ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރިސީޕަބަލްސް ގެގޮތުގައި 7.2 ބިލިޔަން އަދި ޕޭޕަބަލްސްއަށް 5.4 ބިލިޔަން އަރާ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޕްރައުވެޓް ސެކްޓާއިން ސަރުކާރު ކުންފުނިތަކަށް 2.4 ބިލިޔަން ރުފިޔާ ދޭންޖެހޭ ކަމަށެވެ.
"އެމްޓީސީސީއަށް 213 މިލިޔަން، އެސްޓީއޯއަށް 280 މިލިޔަން، އައިއޭއެސްއެލް އަށް 210 މިލިޔަން، ސްޓެލްކޯ އަށް 266 މިލިޔަން، އެމްއޭސީއެލް އަށް 189 މިލިޔަން، އެޗްޑީސީ އަށް 717 މިލިޔަން، ޕޯޓްސް އޮތޯރިޓީއަށް 16 މިލިޔަން، އެމްޑަބްލިއުއެސްސީ އަށް 306 މިލިޔަން ފެނަކަ އަށް 115 މިލިޔަން މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސިން އަށް ހަތަރުލައްކަ ދިހަ ރުފިޔާ، އެމްއެމްޕީއާރުސީ އަށް 4.8 މިލިޔަން އެއީ ގެއްލުނުބައި ނުހިމަނައި، 70 މިލިޔަން ޑޮަލަރު ހިމަނަންޖެހޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް