އޮކްސްފޯޑުން އުފައްދާ ކޮވިޑް ވެކްސިންގެ ޕްރޮޑަކްޝަން ބޭސް އަކަށް ތައިލެންޑު ހަމަޖައްސައިފިއެވެ.
ތައިލެންޑުން ވަނީ ޔުނިވަސިޓީ އޮފް އޮކްސްފޯޑާއެކު އެއްބަސްވުމަކަށް އައިސް އެގައުމުގައި ވެކްސިން އުފެއްދުމާއި ދިރާސާތައް ކުރުމުގެ އިތުރުން އާސިއާންގެ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެހީތެރިވުމަށް ނިންމައިފައެވެ.
ތައިލެންޑުން ވަނީ އެގައުމުގެ ސިއާމް ބަޔީސައިންސް ކޯ ލިމިޓެޑްގެ ފެކްޓްރީއަށް ބަދަލުތަކެއް ގެނެސް ވެކްސިން އުފެއްދުމަށް ހަމަޖައްސައިފައެވެ.
ތައިލެންޑުގެ ސަރުކާރުގެ ތަރުޖަމާނު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަނީ އެގައުމުން 1.74 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ސިއްހީ ދާއިރާ އަށް ހަމަޖައްސައިފައިވާކަން ފާހަގަކުރައްވައިފަ އެވެ. މިކްރެޑިޓް ސްކީމްގެ ދަށުން އެގައުމުގައި ކޮވިޑުން ރައްކާތެރިކަން ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ބޮޑު ހޭދައެއް ކުރުމަށް ވަނީ ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ