މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމީ ތައުލީމުގެ ރޮނގުން ޔުނިވާސިޓީ ޑިގްރީ ހާސިލުކޮށްފައިވާ ބަޔަކަށް ހެދުމަށް ހިންގާ ކޯސް އިފްތިތާހުކޮށްފި އެވެ.
މިއަދު އިސްލާމިކް މިނިސްޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޯސް އިފްތިތާހު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ވަރަށް މަތިވެރި މަސައްކަތެއް ކުރާ ބައެއް ކަމަށެވެ. އަދި މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ މުޖުތަމައުގެ ގަދަރާއި ލޯތްބާއި އިހުތިރާމު ލިބިފައިވާ ބައެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މުޖުތަމައުގެ ތެރޭގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި އެކަންކަން ރަނގަޅުކުރުމާއި، މުޖުތަމައުގެ ފަރުދުންނަށް ރިވެތި އަހުލާގު ދަސްކޮށްދިނުމާއި ހެޔޮ ކަންތައްތަކަށް ގޮވައިލުމަކީ މުދިމުންނާއި އިމާމުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ދެކެން ވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މުޖުތަމައުތެރޭ ހުރި އެކި މައްސަލަތައް ހައްލު ކުރުމުގައި އިމާމުންނާއި މުދިމުން މިހާރަށްވުރެ އިސް ދައުރެއް އަދާ ކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ކޯހަކީ އެ މިނިސްޓްރީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ގުޅިގެން ހިންގާ ކޯހެއް ކަމަށެވެ.
މި ކޯހުގައި މުޅިއެކު 384 ދަރިވަރުން ކިޔަވާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އެއީ އެޑްވާންސް ލެވެލްއަށް ކިޔަވާ 292 ދަރުވަރުން އަދި ޑިގްރީ ކޯހުގައި ކިޔަވާ 92 ދަރިވަރުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ