އައްޑޫ ސިޓީ ހިތަދޫގައި ޒުވާނަކަށް ކަތިވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
"ވަން" އަށް އެނގިފައިވާ އެމީހާއަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހިތަދޫގެ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގަ އެވެ. އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި އެ މީހާގެ އަތުގެ ދެ އިނގިއްޔެއްގެ އިތުރުން ހަށިގަނޑުގެ ގިނަ ތަންތަނަށް ހަމަލާދީފައިވެ އެވެ.
އެ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތަކެއް "ވަން" އަށް ލިބިފައިވާއިރު އެ ފޮޓޯތަކުން އެމީހާގެ ބަނޑާއި ކޮނޑު ކައިރިއަށް ހަމަލާދިނުމުން ފުން ޒަހަމްތަކެއް ލިބިފައިވާތަން ފެނެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ މިރޭ 12:28ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފައިވާ ކަމަށެވެ.
އަނިޔާ ލިބުނު މީހާއަސް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އައްޑޫ ސިޓީ
އައްޑޫ ސިޓީ
އައްޑޫ ސިޓީ