ކޮވިޑުގެ ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި މިހާތަނަށް އަޅުގަނޑުމެންނަށް ހޯދިފައިވާ ކުރިއެރުމާއި ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ ރާއްޖެ އާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދު އޮތް ބަދަހި ގުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާގައި ރައްޔިތުންނާއި މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ފެށުނު އިރު ރާއްޖެ އޮތީ ބައިނަލްއަގްވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް އަދި ދިވެހި ރައްޔިތުންނަށް ލިބެން ހުރި އެތައް އެހީތަކާއި މަންފާތައް ލިބުމަށް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ ހާރިޖީ ގުޅުންތައް ބަދަހިވަމުން އަންނަ ކަމަށާއި، އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑް 19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއިން މި ބައްޔާއި ދެކޮޅާށް ކުރާ މަސައްކަތުގައި ފަންނީ ގޮތުންނާއި މާލީ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައުގެ ފަރާތުން ދީލަތި އެހީތަކެއް ރާއްޖެއަށް ލިބޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެކަމަށްޓަކައި ރާއްޖެއަށް އެހީތެރިވި، އަދި އެހީތެރިވަމުން އަންނަ ގައުމުތައް، ވަކިވަކި ފަރުދުން އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކަށް ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ރައީސް ޝުކުރު ދެންނެވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު