ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުކުރާ ވާހަކަތައް އޭނާގެ އާއިލާއިން ދޮގުކޮށްފިއެވެ.
އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ، ފައިސަލް ނަސީމްގެ މަންމަ އަދި އާއިލާގެ ތިން މެންބަރަކު ބައްދަލުކޮށް، ޖިންސީ ގޯނާގެ މައްސަލަތަކެއްގެ ވާހަކަ ހިއްސާކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދެއެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ރަނިންމޭޓެއްގެ ގޮތުގައި ފައިސަލް ހަމަޖައްސަވާފައިނުވަނީ ވެސް އެކަމާ ގުޅިގެން ކަމަށް ބުނެފައިވެއެވެ.
އެ ވާހަކަތަކާ ގުޅިގެން ފައިސަލް އާއިލާގެ ދިހަ މެންބަރަކު ސޮއިކޮށް މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފައިސަލްއާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"..އަދި 2023 ވަނަ އަހަރު އަޅުގަނޑުމެންގެ ލޮބުވެތި މަންމައާއި، އެއްބަނޑު އެއްބަފާ އިތުރު ތިން މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރި ކަމަށްބުނެ ފަތުރަމުންދަނީ ވެސް ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ..،" ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ނިޔަތުގައި، ފައިސަލްގެ އަގުވައްޓާލުމުގެ ބޭނުމުގައި ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް މުޅި އާއިލާގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އެ ވާހަކަތައް ފަތުރާފައި މިވަނީ، ރައީސް ސޯލިހުގެ ތާއީދާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އިއުލާންކުރެއްވުމުގެ މަސައްކަތް ފައިސަލް ކުރައްވަމުން ގެންދަވަނިކޮށެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކޮމެންޓް