ބޭރުގެ ގައުމުތަކާ އެކު ރާއްޖެއިން ޚާރިޖީ ގުޅުންތައް ހަރުދަނާކުރަމުން ގެންދަނީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކޮށް ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާގައި ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހުރިހާ ގައުމުތަކަކާއެކު ރާއްޖެއިން ހާރިޖީ ގުޅުންތައް ހަރުދަނާ ކުރަމުން އަންނަނީ މުހިއްމު ދެކަމެއް ކަށަވަރު ކުރަމުން ކަމަށެވެ. އެއީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކޮށް ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރު ފެށުނު އިރު ރާއްޖެ އޮތީ ބައިނަލްއަގްވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށް ރައީސް ފާހަގަކުރެއްވެވި އެވެ.
އެ ކަމުގެ ސަބަބުން ރާއްޖެއަށް އަދި ދިވެހި ރައްޔިތުންނަށް ލިބެން ހުރި އެތައް އެހީތަކާއި މަންފާތައް ލިބުމަށް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދިޔަކަން ރައީސް ފާހަގަ ކުރެއްވިއެވެ. މިސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ތަންފީޒު ކުރަމުން އަންނަ ސިޔާސަތަކީ ހާރިޖީ ގުޅުންތައް ވަރުގަދަ ކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަނީ އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު