ފަސް މިނެޓުތެރޭ ކޮވިޑްގެ ޓެސްޓު ހަދައިލެވޭ ކިޓެއް އޮކްސްފޯޑުން އުފައްދައިފިއެވެ.
އިނގިރޭސިވިލާތުގެ އޮސްފޯޑް ޔުނިވަސިޓީގެ ސައިންސުވެރިން އުފައްދާފައިވާ މިކިޓުގެ ބޭނުމަކީ ގިނަ މީހުންގެ ޓެސްޓު ހަދާ އެއާޕޯޓު އަދި ވިތަފާރިތަކަށް ހާއްސަކޮށް އަވަސްމިނެއްގައި ނަތީޖާ ނެރެދިނުންކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
އޮކްސްފޯޑުން ވަނީ އަންނަ އަހަރުގެ ކުރީކޮޅު މި ކިޓުތައް އުފެއްދުމުގެ މަސައްކަތް ފެށުމަށް ނިންމައިފައެވެ.
އޮކްސްފޯޑުގެ ދިރާސާ ކުރާ ޓީމުން ވަނީ މިކިޓުން ކޮވިޑްގެ ވައިރަސް ޑިޓެކްޓު ކުރުމުގެ ގާބިލުކަން ބޮޑު ވާނެ ކަމަށް ބުނެފައެވެ. މިކިޓުން ނަތީޖާ އަވަހަށް ލިބުމުގެ އިތުރުން ނަތީޖާގެ ޔަގީންކަން ބޮޑުވާނެކަމަށް އެޓީމުން ބުނެފައި ވެއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19