ވައިގަދަވެ ބްރިޖާއި ހައިވޭ ގުޅޭ ޓްރެފިކް ލައިޓެއް ހަލާކުވެއްޖެއެވެ.
ރެއިން ފެށިގެން މާލެ ސަރަހައްދުގެ މޫސުން ގޯސްވެ ކުރި ވިއްސާރައިގައި ވައި ގަދަވެ ހަލާކުވެފައިވަނީ ހުޅުމާލޭ ހައިވޭ އާއި ބްރިޖާ ގުޅޭ ކަންމަތި ހުޅުމާލެއިން މާލެ އަންނަ ފަޅީގައި ހުންނަ ލައިޓެވެ.
ލައިޓު ހަލާކުވުމާއެކު ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެސަރަހައްދުގެ ޓްރެފިކް މެނުއަލް ކޮށް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވަން އަށް މައުލޫމާތުދެމުން ވިދާޅުވީ ލައިޓު މަރާމާތުކުރުމުގެ މަސައްކަތް ޗައިނާގެ ސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން އިން ކުރަމުން އަންނަ ކަމަށާއި މިއަދުގެ ވަގުތެއްގައި މަސައްކަތް ނިމި ލައިޓު ބޭނުންކުރެވޭވަރު ވާނެ ކަމަށެވެ.
ރެއިން ފެށިގެން މިއަދު ހެނދުނާ ދެމެދު މާލެ ސަރަހައްދަށް ވަނީ ބޯކޮށް ވާރޭވެހިފަ އެވެ. ވައިވެސް ވަރަށް ގަދައެވެ. ވަން އޮންލައިން އަށް މައުލޫމާތު ދެމުން މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވަނީ މިއަދު މާލެ ސަރަހައްދުގެ މޫސުން ގޯސްވެ ހެނދުނު 07:30 ގައި 45 މޭލަށް ވައި ޖެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް