ސިނަމާލެ ބުރިޖުގެ އެއާޕޯޓާ ވީކޮޅުން ވޯކްވޭ ބަންދުކުރުމަށް ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ފައިމަގުގައި ހުޅުމާލެއާއި ހުޅުލެއަށް ދާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސިނަމާލެ ބުރިޖާއި ހުޅުލެ އަދި ހައިވޭއާ ގުޅޭ ޓްރެފިކް ލައިޓު ހިމެނޭ ސަރަހައްދުގައި ހިނގާފާނެ ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ބުރިޖުގެ ވޯކްވޭ ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ ސަރަހައްދުގެ ބެރިކޭޑުތައް ނައްޓާލައި ނުވަތަ ހުރަސްކޮށް ފައިމަގުގައި ދަތުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބުރިޖު ހުޅުވި ދުވަހުން ފެށިގެންވެސް ބުރިޖުގެ އެ ކޮޅުން ފައިމަގުގައި އެއާޕޯޓަށާއި ހުޅުމާލެއަށް ދިޔުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެކަން އާންމުންނަށް އެންގުމަށްޓަކައި އެ ސަރަހައްދުގައި ހާއްސަ ބެރިކޭޑެއްވެސް ޖަހާފައިވެއެވެ.
ސިނަމާލެ ބުރިޖުގެ ވޯކްވޭއަކީ ގިނަ ބަޔަކު ހިތްފަސޭހަކޮށްލުމަށާއި ކަސްރަތަށް ހިނގުމަށް ކޮންމެ ދުވަހަކުވެސް ގޮސް އުޅޭ ތަނެކެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް