މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނަށް ޒަކާތު ފަންޑުން ދޭ ހާއްސަ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މީގެ ކުރިން ވެސް ޒަކާތު ފަންޑުން މަތީ ތައުލީމަށް ފުރުސަތު ހުޅުވާލައެވެ. ނަމަވެސް މީގެ ކުރިން ފުރުސަތު ހުޅުވާލަނީ މުޅިން އަލަށް މަތީ ތައުލީމް ފަށައިގަންނަ ދަރިވަރުންނަށެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި ގްރެޖުއޭޓް ނުވެވިފައި ތިބި ދަރިވަރުންނަށް "މަތީ ތައުލީމަށް ޒަކާތު ފަންޑުން ސްކޮލާޝިޕާއި ހާއްސަ އެހީ ދިނުމުގެ އުސޫލު" ގެ ދަށުން ހާއްސަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 15ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.
- ދިވެހިރައްޔިތެއް ކަމުގައިވުން
- އިސްލާމީ ޝަރީއާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުން
- މާލީ ގޮތުން ފުދުންތެރިކަމެއް ނެތް ޒަކާތް ލިބުން ހައްގުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައިވުން
- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް ފަހަކުން ފެށިގެން ލެވެލް 10ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުން
- ޚާއްސަ އެހީއަށް އެދޭ ދަރިވަރަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައިވުން
- ޒަކާތު ފަންޑުގެ ދަށުން ސްކޮލާޝިޕް ލިބިފައިވާ ދަރިވަރެއް ކަމުގައި ނުވުން
ސްކޮލާޝިލް ދިނުމުގައި އިސްކަން ދޭނެ އުސޫލުތަކާއި ސްކޮލާޝިޕް ދެވޭނެ އުސޫލާއި މިންގަނޑާ ގުޅޭ މައުލޫމާތުވެސް ގެޒެޓްކުރި "މަތީ ތައުލީމަށް ޒަކާތު ފަންޑުން ސްކޮލާޝިޕާއި ހާއްސަ އެހީ ދިނުމުގެ އުސޫލު" ގައި ހިމަނާފައި ވެއެވެ.
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ޒަކާތު ފަންޑު
ޒަކާތު ފަންޑު