ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަމުން ދަނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށާއި އެ ފަންޑުގެ އެހީ ލިބޭނީ ހަމައެކަނި އޭގެ ހައްގުވެރިންނަށް ކަމަށް މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޒަކާތު ފަންޑުން އެހީ ދިނުމުގައި ވަކި ކަނެކްޝަންތަކެއް އޮންނަ ފަރާތްތަކަށް ފަސޭހައިން އެހީ ލިބޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ވިދާޅުވެ، މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޒަކާތު ފަންޑުގެ ތެރެއިން އެހީ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސިޔާސަތެއްގެ ދަށުން ކުރިއަށްދާ ކަމެއް ކަމަށެވެ.
އެ ފަންޑު ތަރައްގީކޮށް ގިނަ ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
ކަމާބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޒަކާތު ފަންޑުން އެހީދިނުމަށް ހާއްސަ ކޮމިޓީތައް އެކަށައެޅިފައިވާ ކަމަށްވެސް ވިދާޅުވިއެެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ، ޒަކާތު ފަންޑުން އެހީ ހޯދުމުގައި، އިދާރީ ގޮތުން އެއްވެސް ދަތިކަމެއް އުޅޭނަމަ އެކަމެއް ހައްލުކޮށް ރަނގަޅު ކުރައްވާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް