ހަތަރު ދުވަސް ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ފަތުރުވެރިންނަށް ރާއްޖެ އެތެރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުގައި ކުރިން އޮންނަ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނަށް އެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާގެ ސެޓްފިކެޓާއެކު އެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނީ، 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ފަތުރުވެރިންނަށް ރާއްޖެ އާދެވޭ ގޮތަށް އެޗްޕީއޭ އިން ހަމަޖައްސައިދީފައިވާ ކަމަށެވެ. މިއީ ފަތުރުވެރިން ރާއްޖެއަށް މިދުވަސްވަރު ޒިޔާރަތް ކުރަންވީ އެއް ސަބަބު ކަމަށް ވެސް އެ ޓުވީޓްގައި ބުނެފައިވެ އެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުން، ކޮވިޑުން ރަނގަޅުވެފައިވާ ފަތުރުވެރިންނަށް ވެސް ރާއްޖެ އާދެވޭނީ ޕީސީއާރު ނެގަޓިވް ނަތީޖާއަކާއެކު އެވެ. ނަމަވެސް ރާއްޖެ އައުމުގެ ކުރިން ކޮވިޑަށް ޕޮޒިޓިވް މީހަކާ ބައްދަލުވިޔަސް ކަރަންޓީންވާން ނުޖެހޭނެ ކަމަށާއި ރާއްޖެ އައުމަށްފަހު ޕޮޒިޓިވް މީހަކާ ބައްދަލުވި ނަމަވެސް އަލާމާތްތައް ނުފެންނަނަމަ ކަރަންޓީންވާން ނުޖެހޭނެ ކަމަށް އެ އެޖެންސީން ބުނެ އެވެ.
އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖެއަށް އެތެރެވާއިރު އަހަރެއް ނުވާ ކުދިންނާއި ވޯކް ވިސާގައި ރާއްޖެއަށް އެތެރެވާ މީހުންނާއި ފްލައިޓުގެ ކުރޫއިން ނެގެޓިވް ޕީސީއާރު ޓެސްޓު ނަތީޖާ ސެޓްފިކެޓް ދައްކާކަށް ނުޖެހޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު