ފުޓުބޯޅައިގައި އާޖެންޓީނާގެ ލިއޮނަލް މެސީއާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ހަމައަަކަށް ނޯވޭގެ ފޯވަޑް އެރްލިންގް ހާލަންޑަށް ދެވޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ޕައުލް ސްކޯލް ބުނެފިއެވެ.
މެސީއާއި ރޮނާލްޑޯއަކީ ގިނަ ބައެއްގެ ނަޒަރުގައި ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ދެ ކުޅުންތެރިންނެވެ. މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރަށް ހޯދައިފައެވެ. ރޮނާލްޑޯ އެ މަގާމު ފަސް ފަހަރަށް ހޯދާފައި ވެއެވެ. އަދި އެ ދެކުޅުންތެރިން ވަނީ އެތައް ރެކޯޑު ތަކެއް އާ ކޮށް، މުޅި ފުޓުބޯޅަ ބަދަލުކޮށްލައިފައެވެ.
އުމުރުން 20 އަހަރުގެ ހާލަންޑަކީ މިހާރު ދުނިޔޭގައި އެންމެ ވިދުން ގަދަ ޒުވާން ކުޅުންތެރިޔާއެވެ. އުމުރުން 20 އަހަރުގެ ޑޯޓުމަންޑް ފޯވަޑް ވަނީ އެ ކްލަބާ ގުޅުނު ފަހުން ކުޅުނު 14 މެޗުން 17 ގޯލް ޖަހައިފައެވެ. އެންމެ ފަހުން ނޯވޭން ނޭޝަންސް ލީގުގައި ރޮމޭނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހާލަންޑް ވަނީ ގައުމީ ޖާޒީގައި ފުރަތަމަ ހެޓްރިކް ހަދައިފައެވެ.
ސްކޯލްސްގެ ކުރީގެ ކްލަބު ކަމަށްވާ ޔުނައިޓެޑުން ހާލަންޑަށް ފާރަލަމުން އަންނައިރު، އޭނާ ވަނީ ވަރަށް ބޮޑަށް ހާލަންޑަށް ތައުރީފު ކޮށްފައެވެ.
"މިހާތަނަށް ހާލަންޑް ކުޅުނު ކުޅުމަށް ބަލާއިރު، އޭނާއަށް މެސީއާ އި ރޮނާލްޑޯގެ ލެވެލްއަށް ދެވޭނެ ކަމަށް ފެނޭ.،" ސްކޯލްސް ބުނެފައި ވެއެވެ.
ނިމިދިޔަ ޓްރާންސްފާ ސީޒަންގައި ޔުނައިޓެޑުން ގެންދަން މަސައްކަތް ކޮށްފައި ވަނީ ޑޯޓުމަންޑްގެ ވިންގާ ޖޯޑަން ސަންޗޯއެވެ. ސްކޯލްސްގެ ވިސްނުމުގައި ސަންޗޯއަކީ ޔުނައިޓެޑަށް ބޭނުންވާނެ ކުޅުންތެރިއެއް ނޫނެވެ. ސަންޗޯ ފަދަ ކުޅުންތެރިއަކަށް 100 މިލިއަން ހަރަދުކުރުމަކީ އެންމެ ރަނގަޅު ޕްލޭނެއް ނޫން ކަމަށްވެސް ސްކޯލްސް ބުނެފައި ވެއެވެ.
ރެއާލް މެޑްރިޑްގެ ޒުވާން މިޑްފީލްޑަރު މާޓެން އޮޑެގާޑާއެކު ހާލަންޑް ރަނގަޅު ޕާޓްނާޝިޕެއްގައި ގައުމީ ޓީމުގައި ވިދަމުން އަންނައިރު، ސްކޯލްސް ބުނެފައި ވަނީ ހާލަންޑަށް ބޯޅަތައް ގިނައިން ދިން ވަރަކަށް ނަތީޖާ ނެރުން އަވަސް ވާނެ ކަމަށެވެ. ފުޓުބޯޅައިގައި އެހާ ފަސޭހައިން ނަތީޖާ ބަދަލުކޮށްލާ ކުޅުންތެރިން މިހާރު މަދު ކަމަށްވެސް ސްކޯލްސް ބުނެފައި ވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު