މައްސަލަތަކެއް ދިމާވެ ޖޯންސަން އެންޑް ޖޯންސަންސް އިން އުފައްދާ ކޮވިޑް ވެކްސިންގެ މަސައްކަތްތައް މަޑުޖައްސާލައިފިއެވެ.
ޖޯންސަން އެންޑް ޖޯންސަންސްގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ބަޔާނެއްގައި ވާގޮތުން އެކުންފުނިން ވެކްސިން އެއް އުފެއްދުމަށް ކުރަމުން އަންނަ ޓެސްޓުތަކުގެ ތެރެއިން ބައިވެރިއެއްގެ ހާލު ގޯސް ވުމާ ގުޅިގެން ވެކްސިން އުފެއްދުމަށް ކުރަމުން އައި ޓެސްޓުތަކުގެ މަސައްކަތް ވަނީ މަޑުޖައްސާލައިފައެވެ.
ޖޯންސަން އެންޑް ޖޯންސަންސް އިން ބުނީ މިމައްސަލަ ދިމާވާން މެދުވެރި ވި ސަބަބު ޑާޓާ ސޭފްޓީ މޮނިޓަރިން ބޯޑަކުން މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި ޓެސްޓުގައި ބައިވެރިވެ ބަލިވި މީހާގެ ހާލަތު ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.
މިމައްސަލަ ދިމާވާން މެދުވެރި ވީ ވެކްސިންގެ ސަބަބުން ކަމެއް ނުވަތަ ޓެސްޓުގެ ބައިވެރިޔާގެ ސަބަބުން ކަމެއް އަދި ސާފު ނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އޮކްސްފޯޑުން އުފައްދާ ކޮވިޑް ވެކްސިން، އެސްތުރާޒެނެކާ ވެސް މައްސަލަތަކެއް ދިމާވެ މިދިޔަ މަހު ވަނީ ޓެސްޓުތައް ހުއްޓުވައިފައެވެ. އެވެކްސިންގެ މަސައްކަތް ވަނީ މައްސަލަ ދިމާވިތާ ހަ ދުވަސް ފަހުން އަލުން ފަށައިފައެވެ.
ވެކްސިން
ވެކްސިން
ވެކްސިން