ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދަވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ފިޝަރީޒް މިނިސްޓާ ޒަހާ ވަހީދާ ސުވާލުކުރެއްވުން ރައްޔިތުންގެ މަޖިލީހުގެ މާދަމާ ގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމަށް ހަމަޖެހިފައިވާ ވަގުތުގައި، ކުރީގެ ސަރުކާރުން ޗައިނާއާ އެކު ވެފައިވާ، ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެ، މަސްވެރިންނަށް ހުރި ދޮރުތައް ބަންދުކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައިވެސް ސުވާލު ކުރަން ވަނީ ހަމަޖެހިފައެވެ.
މަސްވެރިންނަށް އިތުރުފުޅު ހައްދަވައި، ވެފައިވާ ވައުދުތައް ނުފުއްދަވަނީ ކީއްވެތޯވެސް ޖާބިރު ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު