ހުޅުމާލޭގައި ހުންނަ ފިޔަވަތިން ޕޮޒިޓިވްވި މީހުންގެ އަދަދު 23 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި 11 ކުއްޖަކު ހިމެނޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ފިޔަވަތިން ޕޮޒިޓިވްވެފައިވަނީ 11 ކުދިންނާއި 11 ކެއާ ވޯކަރުންގެ އިތުރުން އެ ސެންޓަރުގައި މަސައްކަތް ކުރާ ސީނިއާ މުވައްޒަފެއް ކަމަށެވެ.
"ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި މިވަގުތު ޖުމުލަ 23 ފަރާތެއް ވަނީ ޕޮޒިޓިވްވެފައި، އެއީ 11 ކުދިން އަދި 11 ކެއާ ވޯކަރުންނާއި ސީނިއާ ސްޓާފެއް. މިއަދު އިތުރު ދެ މީހަކު ވަނީ ޕޮޒިޓިވްވެފައި." ޑރ. ނަޒްލާ ވިދާޅުވިއެވެ.
ފިޔަވަތިން ކޮވިޑަށް ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
އެ ކޭސްއާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 54 މީހަކު ދެނެގަނެވި، ކަރަންޓީން ކުރެވިފައިވާއިރު އޭގެ ތެރެއިން 19 މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ. އަދި މިމަހުގެ ހަތަރުވަނަ ދުވަހު އެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނުއިރު ކުއްޖަކާއި ކެއާ ޓޭކަރެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ފިޔަވަތީގައި ރެންޑަމްކޮށް ނެގި ސާމްޕަލްތަކުންވެސް ބައެއް ކުދިންނާއި މުވައްޒަފުން ޕޮޒިޓިވްވެފައިވެއެވެ. އެގޮތުން މިމަހުގެ ފަސްވަނަ ދުވަހު ނެގި ސާމްޕަލްތަކުން ހަތް ކުއްޖަކާއި ތިން ކެއާޓޭކަރުން ޕޮޒިޓިވެފައިވެއެވެ.
ފިޔަވަތިން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެ ސެންޓަރުގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ފިޔަވަޅުތައް ވަނީ އަޅައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު