ނަފްސާނީ ދުޅަހެޔޮ ކަމާއި ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ދިނުމުގެ މުހިންމުކަން ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން އެނގިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގައި މިއަދު ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާގައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ.
ރައީސްގެ ޓުވީޓުގައި ވިދާޅުވީ، ކޮވިޑުގެ ސަބަބުން ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ދިނުމުގެ މުހިންމުކަން އެނގިގެން ގޮސްފައިވާ ކަމަށާއި އާންމު ސިއްހަތު ދެމެހެއްޓުމަށްޓަކައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭނެ މަގު ފަހިވެފައިވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ގޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޮވިޑް 19ގެ ސަބަބުން އެތައް ސަތޭކަ ބަޔަކަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ އިރު، ކޮވިޑާ ގުޅިގެން ކުރީ ސަފުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ބަޔަކީ ނަފްސާނީ އެހީތެރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު