ހުޅުމާލެ ޖަލުން ކޮވިޑަށް ޕޮޒިޓިވް ވި މީހުން ރަނގަޅުވުމާ ގުޅިގެން އެ ޖަލު އާންމު ހާލަތަށް ގެނެސްފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލެ ޖަލުން ކޮވިޑަށް ޕޮޒިޓިވް ވި ގައިދީންނާއި ބަންދު މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ހުޅުމާލެ ޖަލު މިއަދުން ފެށިގެން އާންމު ހާލަތަކަށް ގެނެސްފައިވަނީ ހުޅުމާލެ ޖަލުގައި އޮތް ކަރަންޓީނު މުއްދަތު ނިމުމަކަށް އައުމާއި ގުޅިގެން ކަމަށް އަހުމަދު ވިދާޅުވިއެވެ.
ކަރަންޓީނުގެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކޮށްދެއްވި އޮފިސަރުންގެ އިތުރުން އެހެނިހެން ފަރާތްތަކަށް އަހުމަދު މުހައްމަދު ޝުކުރު އަދާކުރެއްވިއެވެ.
ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ވަގުތީ ގޮތުން ބައިތިއްބާފައި ތިބި ފަސް ބިދޭސީއަކާއި ހުޅުމާލޭ ޖަލުގައި ތިބި ހަތް ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވިކަން ކަރެކްޝަނަލް ސާވިސް އިން ފުރަތަމަ އާންމު ކޮށްފައިވަނީ އޮގަސްޓު މަހުއެވެ. އެގޮތުން ހުޅުމާލެ ޖަލުގެ ހަތް ގައިދީއަކާއި ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ފަސް ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައި ވެއެވެ.
ކަރެލްޝަންސް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ކޮވިޑް ވަދެފައިވަނީ އެތަނަށް އަލަށް ގެންގޮސްފައިވާ ބިދޭސީންގެ ފަރާތުން ކަމަށް ބެލެވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް