ގދ. ތިނަދޫ ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ތިނަދޫގައި ހުންނަ ޑރ. އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިރޭ ބުނީ އެ ދެ މީހުން ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަވެގެން ނެގި ރިލީސް ސާމްޕަލުން ކަމަށެވެ. އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަރަންޓީނުގެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކުރެ އެވެ.
ތިނަދޫން މިއަދު ޕޮޒިޓިވްވި ދެ މީހުންނާއެކު އެރަށުގައި ކޮވިޑް ޖެހިފައިވާ ތިބި މީހުންގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ތިނަދޫގެ އިތުރުން ލ. ގަމު ހޯމް ކަރަންޓީނުގައި ހުރި 20 އަހަރުގެ ޒުވާނަކު ވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު