އަންހެންނާއެކު ކޮވިޑް 19 އަށް ޕޮޒިޓިވުމުން ފުޓުބޯޅަ ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ގެންގުޅުނު ކަމަށް އަލަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ ބުނެފިއެވެ.
އުމުރުން 33 އަހަރުގެ ކަވާނީ މިދިޔަ ހަފުތާގައި ޔުނައިޓެޑާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ކަވާނީ އެ ކްލަބާ ގުޅިފައިވަނީ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ޔުނައިޓެޑަށް ލިބިގެންދާނެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔުނައިޓެޑަށް ކަވާނީ ދިޔުމުގެ ކުރިން އޭނާއާއި އަންހެނުން ކޮވިޑް 19އަށް ފޮޒިޓިވް ވެފައިވެއެވެ.
"އާއިލާއާ ސިއްހަތު އެންމެ ބޮޑު ކަމަކަށް ވާނީ އަބަދުވެސް. ފުޓުބޯޅަ ހުއްޓާލަން ވިސްނުން އޭރު. އަހަރެންގެ އާއިލާއާ ލޯބިވެރިޔާއަށް ކޮވިޑް ޖެހި އޭގެ ސަބަބުން ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދުނު. އެއީ ކޮވިޑްގެ އެންމެ އުނދަގޫ މަރުހަލާއަކީވެސް. އަހަރެން ވިސްނުން އާއިލާއެކު ގައުމުގައި ހަމަޖެހިލައިގެން އުޅެން. ކޮވިޑް ޖެހުމުން އާއިލީ ގުޅުންތަކާ އެ ކަންކަމުގެ މުހިއްމުކަން ބޮޑަށް އެނގިގެންދިޔަ،" ކަވާނީ ބުންޏެވެ.
ޔުނައިޓެޑަށް ކަވާނީ ގޮސްފައިވަނީ ސީޒަނަކަށް 10 މިލިއަން ޕައުންޑް ޖެހޭ މުސާރައެއްގައެވެ. އޭގެ އިތުރުން ކުޅުން ރަނގަޅު ނަމަ ބޯނަސްގެ ގޮތުގައި ދެ މިލިއަނަކާއި ސޮއިކުރުމުގެ ބޯނަސްއެއްގެ ގޮތުގައި ހަތަރު މިލިއަނެއް ކަވާނީއަށް އެއްބަސްވުމުގައިވާ ގޮތުން ލިބޭނެއެވެ.
ކަވާނީ ވަނީ އޭނާގެ ކެރިއަރުގައި ކުޅުނު 556 މެޗުން 341 ގޯލް ޖަހައިފައެވެ. އޭނާއަކީ ޕީއެސްޖީއަށްވެސް ރެކޯޑު އަދަދަކަށް ގޯލް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާވަނީ ޕީއެސްޖީއަށް 301 މެޗުން 200 ގޯލް ޖަހައިދީފައެވެ. ގައުމީ ޓީމަށްވެސް ކަވާނީ ވަނީ 116 މެޗުން 50 ގޯލް ޖަހައިދީފައެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް