ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް އެބަދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނީން ބުނީ މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިޔަށް އެބަދާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި 18،500 ކިއުބިކް މީޓަރުގެ ހާބަރު ބޭސިން ފުންކުރުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުން ހިމެނެ އެވެ.
އޭގެ އިތުރުން ރޭމްޕެއް ލުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރު ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޓީސީސީން ބުނީ، 49.6 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 10 2019 ގައި ކަމަށެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ