މާލޭގައި ހަދަމުން އަންނަ އިމާރާތަކުން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ފާމުދޭރި މަގުގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު 3:20 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އިމާރާތުގެ މަތިން ވެއްޓިފައިވަނީ ބިދޭސީއެއް ކަމަށާއި އޭނާއަށް މެޑިކާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
މީގެ ކުރިންވެސް މިފަދަ ހާދިސާތައް މާލޭގައި ހިނގާފައި ވެއެވެ. އަދި މިފަދަ ހާދިސާތަކުގައި ބައެއް މީހުން މަރުވެފައިވެފައި ވެސް ވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު