ކޮވިޑް-19ގެ ހާލަތުގައި ޓީޗަރުން ކުރި މަސައްކަތުން ކުރިމަގަށް ތަސައްވަރެއް ކުރެހިގެން ހިނގައްޖެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި ޓީޗަރުންގެ ލީޑާޝިޕް ދައްކުވައިދީ، ކުރިމަގަށް ތަސައްވަރެއް ކުރަހާލަ ދެއްވައިފި ކަމަށެވެ.
"އާންމު ހާލަތުގައި ކިޔެވުން ކުރިއަށް ގެންދާ ގޮތާ ހިލާފަށް ވަރަށް ގިނަ ކަންކަން އެބަޖެހޭ ބަދަލުވާން. އެކަންކަމަށް އިސްނަގައި މުދައްރިސުން ތެދުވެ، ތައުލީމީ ދާއިރާގެ ކުރިމަގު ކުރަހާލަދީފިއޭ. އެހެންވީމަ އެކަމަށްޓަކައި މުދައްރިސުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އައިޝާ އިތުރަށް ވިދާޅުވީ، ކޮވިޑުގެ ހާލަތު އައީ ޓީޗަރުން ވެސް ތައްޔާރުވެގެން ތިއްބައި ނޫން ކަމަށާއި ނަމަވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ޓީޗަރުން ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން ޓެކްނޮލޮޖީއަށް އަހުލުވެރި ނޫން ބައެއް ޓީޗަރުން އަމިއްލައަށް އެކަންކަން ދަސްކޮށްގެން ދަރިވަރުންނަށް ކިޔަވައިދޭން މަސައްކަތް ކުރެއްވިކަން ފާހަގަކުރެއްވި އެވެ.
ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު ކުރެވުނު ބައެއް ތަޖުރިބާތައް ހިއްސާ ކުރައްވައި މިނިސްޓަރު އައިޝާ ވިދާޅުވީ، ޓީޗަރުން އަދާކުރައްވާ ބުރަ މަސައްކަތުގެ ބަދަލު ނުވަތަ އުޖޫރައެއް ދުވަހަކު ވެސް ނުދެވޭނެ ކަމަށެވެ.
ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ
ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ
ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ
ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ