ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ރަސްމީ އީމެއިލްގައި ހުރި ހުރިހާ މެއިލްތަކެއް ފޮހެލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މެއިލްތައް ފޮހެލާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވަނީ މި މަހުގެ 25 ގައި ކަމަށްވެސް ބުންޏެވެ. އެހެންވެ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޑރ. އައިޝަތު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އޭނާ ބޭނުންކުރެއްވި އީމެއިލް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ޑީއެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު 3:15 ގައި އެ އީމެއިލްއަށް ވަންނަން ކޮންމެވެސް ފަރާތަކުން މަސައްކަތް ކުރި ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު