ލ. ގަމު ކަރަންޓީނުގައި ތިބި 26 ސިފައިންގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާހީން "ވަން" އަށް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެ އަތޮޅު ކައްދޫއަށް ޓްރެއިނިން އަށް އައިސް ތިބި އެމްއެންޑީއެފްގެ ބެޗެއް ކަމަށެވެ.
އެ ބެޗުގައި ޖުމްލަ 93 މީހުން ގަމަށް ދިޔަ އެވެ. އަދި އެ އެންމެން ވެސް ތިބީ ހޯމް ކަރަންޓީނުގަ އެވެ.
ޝާހީން އިތުރަށް ވިދާޅުވީ، އެމީހުން ކަރަންޓީނުގައި ތިބީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ، އެމްއެންޑީއެފްގެ ޓްރެއިނިން އަށް ދޫކޮށްފައިވާ ސަރަހައްދެއްގައި ކަމަށެވެ. އެއީ އާންމުން ދިއުން މަނާ ސަރަހައްދެއް ކަމަށް ވެސް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، ކަރަންޓީނުގައި ތިބި 93 މީހުންގެ ތެރެއިން ޕޮޒިޓިވްވީ 26 މީހުން ކަމަށެވެ. އަދި އެމީހުން ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލަން ނެގި ރިލީސް ސާމްޕަލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު