މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެކަން ކަށަވަރު ކޮށްދެއްވައި ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ހެންވޭރު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:18 ހާއިރު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އެ މީހާ މިހާރު ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އަދި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
މިދިޔަ އޮގަސްޓު އަދި ޖުލައި މަހު ވެސް މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު